English Edition
Dhivehi Edition

އީރާން އާއި އިޒްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުަމަށް ދެފަރާތުން އެއްބަސް ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވިތާ މަދު އިރުކޮޅެއްގެ ތެރޭގައި އިޒްރާއީލުން ތެހެރާނުގެ އެތައް ތަނަކަށް ބާރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މިއަދު އިއުލާނުކުރައްވައިފައެވެ.

“އިޒްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ހޯމަ ދުވަހު ވަނީ އާދެވިފައި،” ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި އިއުލާން ކުރި ފަހުން، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަޙައްދު ތަކުން ބާރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ތަސްނީމް އިން ބުނެފައިވަނީ، އިސްރާއީލުގެ މަތިންދާބޯޓުތަކުން ދިން އެންމެ ފަހުގެ ހަމަލާތައް މަތަ ކުރުމަށް އީރާނުން ވައިގެ ދިފާޢީ ނިޒާމުތައް ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

ހަމްޝަހްރީ ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ތެހެރާނުގެ ހުޅަނގު އަދި މެދު ތެރޭ ސަރަޙައްދު ތަކުގައި އަދި ހުޅަނގު ފަރާތު ކަރަޖް ސަރަޙައްދުގައި “ބާރު ގޮވުމުގެ އަޑުތަކެއް” އިވިފައިވެއެވެ.

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ގެންދާއިރު އީރާނުން ހަފްތާއެއްހާ ދުވަސް ތެރޭ އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު އިޒްރޭލުން ވެސް ސައްވީހަކަށް މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.