English Edition
Dhivehi Edition
ލ.ގަން

ލާމު އަތޮޅުގެ ރަށެއްގައި މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ ލ.ގަން (ތުނޑީ ފެސްފަރީ) އަބުދުލްސަމަދު މުހައްމަދުއެވެ.

ފުލުހުން ބުނީ މަސްހިފަން ފައިބައިގެން އުޅެނިކޮށް ސަމަދު ގެއްލިގެން އެކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. އެމީހާ ހޯދަމުން ދަނިކޮށް މިއަދު 11:00 ހާއިރު ގެއްލުނު ސަރަހައްދުގެ މޫދުން ފެނިފައިވާ ކަަމަށެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ދާ ޖަހައިގެން މަސްހިފަން އަބްދުލްސަމަދު ދިޔައީ އިތުރު ބަޔަކާ އެކުގައިކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.