English Edition
Dhivehi Edition
އެމްއެންޑީއެފް ޕެރޭޑެއްގެ ތެރެއިން

ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގެ ފާހާނާއެއްގެ ތެރޭގައި ސިފައިންގެ މީހަކު ދަންޖެހިގެން މިރޭ މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ ލ. މާމެންދު އަށް އުފަން، އެމްއެންޑީއެފްގެ ސާޖެންޓެއްގެ ރޭންކުގައި ހުރި މީހެކެވެ.

ފާހާނާ ތެރޭގައި އެ ސިފައިންގެ މީހާ ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ އެއީ ފުލުހުން ބަލަމުންދާ ކަމެއް ކަމުގައި ވާތީ، މައުލޫމާތު ފޯރުކޮށްދޭނީ ފުލުހުން އެކަނި ކަމަށެވެ.