English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

މިއަދު ފާހަގަކުރާ ޓެލެކޮމް ދުވަހާ ގުޅިގެން އުރީދޫއިން, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ ގުޅޭ މައުލޫމާތު ދިނުމަށް މީޑިއާއަށް ސެޝަނެއް ބާއްވައިފިއެވެ.

އުރީދޫއިން ބުނީ، މިއީ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ. އުރީދޫއިން ބުނީ، މި ސެޝަންގައި އެ ކުންފުނިން އުފައްދާފައިވާ އޭއައި ޗެޓް ބޮޓް ދައްކާލައި، އެ ތައްޔާރުކުރުމުގައި ބަލާފައިވާ ކަންކަން ބައިވެރިންނާ ހިއްސާކުރި ކަމަށެވެ.

މި ސެޝަންގައި އޭއައިއާ ގުޅޭ އާންމު މައުލޫމާތުގެ އިތުރުން އޭއައި މަސައްކަތް ކުރާ ގޮތާއި މީޑިއާގައި އޭއައި ބޭނުންކުރުމާއި އޭއައިގެ އެތިކްސް ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކައި، ހިޔާލު ބަދަލުކޮށްފައިވެއެވެ.

މި ސެޝަންގައި ރާއްޖޭގެ ގިނަ މީޑިއާތަކުން ބައިވެރިވެފައިވާއިރު މިއީ ނޫސްވެރިންނަށް މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދިޔަ ސެޝަނެއްކަން ފާހަގަކޮށްލެވެއެވެ.

ޓެގު