“އައްޑޫ އީދިސަމާ 1446” ހަރަކާތްތަކުގެ ތެރެއިން މީދޫ އަވަށު އޮފީހުން ބާއްވާ ވައުދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރު އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން “އައްޑޫ އީދި ސަމާ 1446″ ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން، މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ” ފޯރި ދެމުން” ވައު ދެމުމުގެ މުބާރާތުގައި އަންހެން ފިރިހެން ދެ ޖިންސް ވަކިން ޓީމްތައް ބައިވެރިވެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިމުބާރާތުގައި އޮފީސްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކާއި، ކްލަބްތަކާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ޓީމްތައް ބައިވެރި ކުރެވޭނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މެއި 27 ވާ އަންގާރ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު: https://forms.gle/HzMATnBPrRqfFwwS7
މުބާރާތުގެ ގަވައިދު:https://adducity.gov.mv/uploads/1747229375.pdf
މިދިޔަ އަހަރު އަޟްހާ އީދުގައިވެސް އައްޑޫ ސިޓީ މީދޫގައި ވާދެމުމުގެ މުބާރާތެއް ބާއްވާފައިވާއިރު. މި މުބާރާތަަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.