English Edition
Dhivehi Edition

ޕަދްމާވަތް އަށް ދިމާވިކަހަލަ ހިތާމަވެރި ހާދިސާތައް ބޮލީވުޑްގެ އެހެން ފިލްމަކަށް ދިމާވުމަށް ނޭދޭ ކަމުގައި ސޯނަމް ކަޕޫރު ބުނެފިއެވެ

ގިނަ ހަމަނުޖެހުންތަކަކަށްފަހު މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމާ ބެހޭގޮތުން ސޯނަމް ބުނެފައިވަނީ އޭނާގެ އުއްމީދަކީ ފިލްމު އަޅުވަން ހަމަޖެހިފައިވާ ތާރީހުގައި ފިލްމު ބެލުންތެރިންނަށް ފެނިގެން ދިއުންކަމަށެވެ. ސަންޖޭލީލާ ބަންސާލީ އާއި އެކު ފިލްމީ ހަޔާތް ފަށާފައިވާ ސޯނަމް ބުނެފައިވަނީ ސަންޖޭއާއި އެކު މަސައްކަތްނުކުރާތާ 10 ވަރަކަށް އަހަރުވެފައިވީ ނަމަވެސް އަދިވެސް އެދެމީހުންގެ އެކުވެރިކަން އޮންނަކަމަށެވެ.

ސަންޖޭލީލާ ބަންސާލީގެ ފިލްމް ފަދްމާވަތް މިދިޔަ ޑިސެމްބަރުގައި އަޅުވާގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މި ފިލްމު އެޅުވުން ލަސްކޮށްފައިވަނީ ފިލްމާ ދެކޮޅަށް އިންޑިއާގައި ހިންގަމުން ގެންދިޔަ ހަމަނުޖެހުންތަކާއެކު ބަތަލާ ދީޕިކާ ޕްދްކޯންގެ ފުރާނައަށް ނުރައްކާވާ ވަރަށް އިންޒާރު ލިބެމުން ދިޔުމާ ގުޅިގެންނެވެ

އިންޑިއާގެ ސެންސަރު ބޯޑުގެ އެދުމަށް “ޕަދުމާވަތީ”ގެ ނަން “ފަދްމާވަތް” އަށް ބަދަލުކޮށް ފިލްމުގެ އާ ޕޯސްޓަރެއްވެސް އާންމުކޮށްފައިވާއިރު މި ފިލްމު އަޅުވާ ތާރީހަކީ ސޯނަމް ކަޕޫރްގެ “ޕެޑްމޭން” ވެސް އަޅުވާ ދުވަހު އެވެ.