މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، އެ އިދާރާގައި އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ތަހުގީގުކުރި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މެއި 11، 2025 ވަނަ ދުވަހުކަމަށެވެ.
މި މައްސަލައާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަހަރު މާޗް މަހުގެ 25 ވަނަ ދުވަހުކަމަށެވެ. އަދި މައްސަލައިގެ ތުހުމަތުގައި އެ ފަސް މީހުން ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ތަންތަނާއި ތަކެތި ބަލައި ފާސްކޮށް އަދި އެހެނިހެން ގޮތްގޮތުން ވެސް މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، މި މައްސަލަ ތަހުގީގުކޮށް މިހާތަނަށް ބެލިބެލުމުން، މި ކަމަކީ ދުރާލާ ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަން އެނގިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.