English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ސިފައިންނާއި ހަވާލުކޮށްގެން ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.

ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިން ތެލަސީމިއާ ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށްފައިވާއިރު އެމްއެންޑީއެފްއިން މިއަދު “އެކްސް”ގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މީގެ ކުރިން ތެލެސީމިއާ ސެންޓަރަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާފައެވެ. އަދި ތެލެސީމިއާއާ ގުޅުންހުރި އެންމެހައި ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

އަހަރުތަކެއް ވަންދެން ބޭނުން ކުރަމުން އައި ތެލެސީމިއާ ސެންޓަރުގެ މިހާރުގެ ހާލަތު ހުރި ގޮތުން، ބޭނުންވާ ބައެއް ތަކެތި ބެހެއްޓޭނެ ގޮތެއް ނެތް އިރު ލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރުމުން އެ މައްސަލައަށް ހައްލު ލިބިގެން ދާނެއެވެ.