English Edition
Dhivehi Edition
ފުލުހުން އަތުލައިގަތް އަތުލައިގެން 221 ސިނގިރޭޓް ފޮށި

މަގު މައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެމެރިކަން ލެޖެންޑްގެ ސިނގިރޭޓް ކާޓަން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މި ސިނގިރޭޓް ފޮށިތައް އަތުލައިގަތީ ރޭގެ ވަގުތެއްގައި ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލި ކަޅު ކުލައިގެ ތިން ކޮތަޅު ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގައިގެންނެވެ.