ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާބަފަައިންގެ ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ހުރިހާ ހިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 2 ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ، ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ.