English Edition
Dhivehi Edition
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ދުބާއީގައި ބޭއްވުނު އަރަބް ޓްރެވަލް މާކެޓް (އޭޓީއެމް)2025 ގައި ދިވެހިރާއްޖެއިން ވަނީ ވަރަށް ކާމިޔާބު ބައިވެރިވުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މި މައުރަޒުގައި ދިވެހިރާއްޖެއިން ވަނީ މުހިންމު ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަޝްވަރާތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ގުޅުންތައް ފުޅާކުރުމާއި، ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް މަޝްވަރާކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވިއެވެ.

އޭޓީއެމް 2025 ގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެހެން ގައުމުތަކާއި ވިޔަފާރިތަކާއެކު ގުޅުން ބަދަހިކޮށް، އައު ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އައު ތަރައްގީތަކާ އަދި ޕްރޮޖެކްޓްތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކުރެވިފައިވާކަމަށް މިނިސްޓަރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި މިފަދަ މައުރަޒުތަކުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރީއިން ވަނީ ބުނެފައެވެ. އިތުރަށް މިނިސްޓްރީން ބުނީ މިފަދަ ފުރުސަތުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އިގްތިސާދީ ކުރިއެރުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.