English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކެއް ފައި ޖަހައި ތަޅާލި މައްސަލައިގައި ހައްޔަރު ކުރީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން މ. ސްޓާ، މުހައްމަދު ރަޒީން (49އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ވަނީ ކެފޭގައި ކަސްޓަމަރުން ހިދުމަތް ހޯދަމުން ދިޔަ ގަޑިއެއްގައި އެތަނަށް ވަދެ ކައުންޓަރުގައި ހިދުމަތް ދޭން ހުރި ބިދޭސީ މީހާއާ އަޑު ވީއްލާ ވާހަކަ ދައްކާފައެވެ. އަދި އެތަނުން ދަމުން އޭނާ ވަނީ ކައުންޓަރުގައި ކާތަކެތި ޑިސްޕްލޭކުރަން ބަހައްޓާފައި ހުރި ބިއްލޫރި ރެކްގައި ފައިން ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.