English Edition
Dhivehi Edition

މާލޭގެ ގައުކޮއްޓާއި، ވޭސައިޑް (އަރަބިއްޔާ) ގައި އިމާރާތް ކޮށްފައިވާ ފުލެޓުތައް ވިއްކުމަށް ހުޅުވާލި ފުރުސަތުގެ ފުރަތަމަ ބުރުގެ ހުރިހާ ފުލެޓެއް ވިކި ހުސްވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެތަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ ގައުކޮށްޓާއި އަރަބިއްޔާއިން ފުލެޓް ލިބިފައިވާ މީހުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ދެއްކެވުމަށެވެ. ފުލެޓު ގަތުމަށް ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ފައީސާގެ ކަންކަން ހަމަނުޖެހޭ ފަރާތްތަކުގެ ފުލެޓު ވިއްކުމަށް ފަހުގެ ތާރީޚެއްގައި އިއުލާން ކުރައްވާނެ ކަމަށްވެސް އެޗުޑީސީ އިން ވިދާޅުވެފައިވެއެވެ.

ޓާޓާ ކުންފުނިން ހަދައިފައިވާ 264 ފުލެޓުގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކުމަށް ހުޅުވާލީ ފުލެޓު ލިބުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކިހުރު 105 ފުލެޓެވެ. ފައިސާ ނުދެއްކުނީ ފުލެޓު ލިބުނު މީހުންނަށް ފައިސާގެ ތާށިކަން ކުރިމަތިވެގެން ކަމަށް ވެއެވެ.

މި ފުލެޓު ގަތުމަށް ހުށަހެޅޭނީ އުމުރުން 21 އަހަރުންމަތީގެ ދިވެހީންނަށެވެ. ފުލެޓު ވިއްކަނީ އެއްފަހަރާ ދެމިލިއަން ރުފިޔާ ދައްކާ ފަރާތްތަކަށެވެ. ފުލެޓު ވިއްކައިފައިވަނީ ޝަރުތުހަމަވި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ފައީސާ ދައްކި ފަރާތްތަކަށް ކަމަށް އެޗުޑީސީން ބުނެފައިވެއެވެ.

ފުލެޓު ވިއްކާލުމަށް ހުޅުވައި ލުމުން ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބަށްޓަކައި އެޗުޑީސީ އިން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ޓެގު