ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުގައި އެމްޑީޕީއިން ސިޔާސީ މަންފާ ހޯދަމުން އަންނަކަމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މި ސުލްހަވެރި އިހްތިޖާޖު ސިޔާސީ ކުރުމަށް އެމްޑީޕީއިން މަސައްކަތްކުރާކަމަށް ތުހަމުތުކޮށް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު ޝުޖާއު ވިދާޅުވީ އެމްޑީޕީއިން ވަދެއްޖެ ތަނެއް ފަސާދަކުރާނެ ކަމަށެވެ. އަދި ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުން އެމްޑީޕީ ސިޔާސީ މަންފާ ހޯދާ މިއިހްތިޖާޖު ބޭނުންކޮށްގެން ފައިސާ ހޯދަމުން ދާކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެހެންކަމުން މިއިހްތިޖާޖް ރާވާ ހިންގާ ޒުވާނުން މިކަމަށް ސަމާލުވުމަށް ޝުޖާއު ވަނީ އިލްތިމާސްކޮށްފައެވެ.
އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ، ޒުވާނުން އަންނަނީ މާލޭގެ މަގުމަތީގައި ކޮންމެ ރެއަކު އިހްތިޖާޖުކުރަމުންނެވެ.