English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެމެޗާއި، ފައިނަލް މެޗު ބަލަން އަންނަ ސަޕޯޓަރުންނަށް ހަދިޔާދޭން މުބާރާތުގެ މެއިން ސްޕޮންސަރު ހެޕީމާކެޓުން ނިންމައިފިއެވެ.

ހެޕީމާކެޓުން މިހާރުވެސް ގެންދަނީ ކޮންމެ މެޗެއްގެ މޮޅުކުޅުންތެރިއަކަށް ހޮވޭ ކުޅުންތެރިޔާއަށްވެސް “ގިފް ޕެކެއް” ދެމުންނެވެ. “މުބާރާތުގެ ސެމީފައިނަލުގެ ދެމެޗާއި ފައިނަލް މެޗު ބަލަން އަންނަ ކޮންމެ ސަޕޯޓަރަކަށް ގިފްޓް ޕެކެއް ދިނުމަށް މުބާރާތުގެ މެއިން ސްޕޮންސަރު ހެޕީމާކެޓުން ނިންމައިފި” މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކު ކަމަށްވާ އަލީ ހަނީޒް (ބޮއްކާ” ބުންޏެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗު އޮންނާނީ ޖެނުއަރީ 23 ގައެވެ. ދެވަނަ ސެމީ އޮންނާނީ ޖެނުއަރީ 24 ގައެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖެނުއަރީ 26 ވަނަދުވަހުއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.

އައްޑޫ ސިޓީއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި މިހާތަނަށް ފަސްމެޗުވަނީ ކުޅެފައެވެ. މުބާރާތުގެ ހަވަނަމެޗު މާދަމާ ކުޅޭނެއެވެ. އެހިސާބުން މުބާރާތުގެ ފުރަތަމަ ބުރު ކުޅެނީމޭނެއެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.