English Edition
Dhivehi Edition

ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ހީނާ ވަލީދު ވިދާޅުވީ “ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ”ގެ ރައީސް ކަމުގެ މަގާމުންވެސް އިސްތިއުފާ ދިނުމަށް ދާއޫދު ހުށަހަޅާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިންވެސް އޭނާ ވަކިކޮށްފައިވާ ކަމަށެވެ.