English Edition
Dhivehi Edition
މުލިމަތި ޔުނައިޓެޑްއިން 2022 ވަނަ އަހަރު ބޭއްވި މާލި ޕެރޭޑް

މި އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ “ޤައުމީ ފެންވަރުގައި އަޟްޙާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު” އާ އެއްގޮތަށް އެންމެރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތެއް ކަމަށެވެ.

މިއަހަރުގެ އަޟްޙާ އީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރު ކުރުމަށްފަހު މެއި 1 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން މިއަހަރު 3 ރަށެއްގައި އީދު ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.