English Edition
Dhivehi Edition
އުރީދޫ ނޭޝަން ގޭމާސް ފެސްޓިވަލް / ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަންގެ އިންޓާ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އޭޕްރީލް މަހުގެ 27 އިން 30 އަށް ކުރިއަށްދާ އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުން ވާދަކުރުމަށް ތައްޔާރުވުމަށް އުރީދޫއިން ވަނީ އެދިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެއެވެ. މުޅިން އޮންލައިން ކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވެސް ލިބޭއިރު، ޕަބްޖީ އަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މި ޕްރައިޒް ޕޫލް ބަހާލެވިފައިވަނީ:

  • 1 ވަނަ: 5000 ރުފިޔާ
  • 2 ވަނަ: 3000 ރުފިޔާ
  • 3 ވަނަ: 2000 ރުފިޔާ

ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާއިރު، އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުންކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އުރީދޫއިން ވަނީ އިތުރު މައުލޫމާތާއި އަޕްޑޭޓްތަކާއި ލައިވް ކަވަރޭޖަށް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ފޮލޯކޮށްލުމަށް އެދިފައެވެ.

 

ޓެގު