ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި ކޯސް ފަށާފައިވަނީ މި އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށެވެ.
މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެއެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ އިތުރުން މުއާމަލާތުކުރުމުގެ ހުނަރުތަކާއި ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހުން ބައިވެރިވެފައިވާއިރު ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ގާބިލުކަން އިތުރުުކުރުމަށް މިފަދަ ތަމްރީންތައް އަންނަނީ ބާއްވަމުންނެވެ،