English Edition
Dhivehi Edition
ހުޅުމާލެ ފޭސް 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކުރުމަށް ސޮއިކުރަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހެޔޮއެދޭ ފަރާތެއްގެ ހަރަދުގައި ހުޅުމާލެ ފޭސް 2 ގައި މިސްކިތެއް އަޅަން މިއަދު ބިން ހަވާލުކޮށްފިއެވެ.

އެޗްޑީސީގައި ބޭއްވި މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 18،720 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރާ މި މިސްކިތަކީ 2500 – 3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ، އަދި މި މިސްކިތް ނިމޭއިރު ސޯލާއާއި އޭސީ ވެސް ހަރުކުރެވޭނެ ކަމަށާއި، މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަމިއްލަ ފަރާތެއްގެ ހަރަދުގައި އިމާރަތް ކުރާ މި މިސްކިތުގެ ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ ފަރާތާއެކު ވަކި އެގްރިމެންޓެއްގައި ސޮއިކުރާނެކަމަށެވެ. އަދި މިސްކިތުގެ ކޮންޓްރެކްޓަރު ހަމަޖައްސާނީވެސް އެ ފަރާތުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.