އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލިވް އަންލިމިޓެޑް ކެމްޕެއިން އާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށަައިފިއެވެ. އުރީދޫގެ ލިވް އަންލިމިޓެޑްއަކީ ހަމައެކަނި ޝިއާރެއް ނޫންކަން ފާހަގަކޮށް އުރީދޫ އިން ބުނީ މިއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ކުރާ ވައިދެއްކަމަށެވެ. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބެގެންވެސް، އާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމާއި، މަޖާ ޓީވީ ޝޯތައް ބެލުމާއި، އާ ގޭމްތައް ކުޅުމާއި، އަދި ކިޔެވުމާއި މަސައްކަތްކުރުމަށް ފަސޭހަ ވެގެން ދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އުރީދޫގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސްގައި، ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު، އަދި އެއްވެސް ހުރަހެއްނެތި އުޅެވޭނެ މަގު ތަނަވަސްކށްދިނުމެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
• ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.
• ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
• މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް :.
ފާއިތުވި 20 އަހަރު އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައިވާ ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.