އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަކޮށް ބާއްވަން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު އުރީދޫއިން ހާމަކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ އުރީދޫއިން ބުނީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރ. 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ ކުންފުނި އަދި، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީވެސް އުރީދޫއިން – އިނޮވޭޝަން ވަނީ އުރީދޫގެ ޑީ.އެން.އޭ އާއި ގުޅި ލާމެހިފައިވާކަމަށެވެ. ހުޅުމާލޭގައި ޓިއަރ 3 ޑޭޓާ ސެންޓަރާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމުކުރެވި، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެމުން އަންނަކަން ފާހަގަކޮށް އުރީދޫ އިން ބުނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ތައާރަފުކުރެވިފައިވާކަމަށެވެ.
ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން އަންނައިރު އުރީދޫގެ 20 އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމަރުންނަށް ޚާއްޞަ ބައެއް ކަންކަން އަންނަނީ ބާއްވަމުންނެވެ.
“މިއަދު އަޅުގަނޑުމެން މިފާހަގަކުރީ، މިއަހަރު އަންނަ ބައެއް ކަންތައްތައް. މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނަން އެބަހުއްޓެވެ.
އުރީދޫ މޯލްޑިވްސް ތިޔަބޭގެ “ލިވް އަންލިމިޓަޑް” ތަޖުރިބާއާއެކު ތިޔަބޭފުޅުންނަށް ދިރިއުޅުމަށް ފަސޭހަވާފަދަ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން މިތިބީ ތައްޔާރަށް” އުރީދޫ
- ލިވް އަންލިމިޓެޑް: އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޖުމްލަ 19 އުމްރާ ދަތުރު ދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލިވް އަންލިމިޓެޑް ވިތު އުރީދޫ އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ – އެއީ ވައުދެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ލޯބިވާ މީހުންނާއި، ތިމާގެ ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަކް ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެއެވެ.
- އެޕަލް ވެއާބަލްސް: އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. އަދި އުރީދޫ ގުރޫޕުގެ ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމެވެ. މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.
- ސްމާޓާ ހޯމް : ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާ އަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދެ އެވެ. ސްމާޓާ ހޯމް އިނީޝިއޭޓިވް އަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރަޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެއެވެ.
- ފަން ރަން: ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުރީދޫ ފަން ރަން 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައެވެ.
- މަސްރޭސް: މިއަހަރުވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވިގެންދާނެއެވެ. މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުންވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާކަން ފާހަގަކޮށް އުރީދޫއިން ބުނީ އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ.
- އާ އެމްބެސެޑަރ: އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައުއަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ފުޓްބޯޅައަށް އިންވެސްޓް ކުރަނީ މާޒިޔާއާ އެކު ޕާޓްނާޝިޕް، ހަބޭސް ބޮޑުބެރުއާ އެކު ޕާޓްނާޝިޕާ އެކު ކަލްޗާ އަށް މިދަނީ އިންވެސްޓުކުރަމުންނެވެ.
މިއަހަރު އުރީދޫއަށް އާ ސަފީރަކު ޢައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ ވަޢުދު އަލުން ކަށަވަރު ވެގެން ދިއުމާއެކު އާ ސަފީރަކީ އާދަމް ރަޝީދު، ސޯޝަލް މީޑިއާގައި މަޝްހޫރު، އޭނާގެ ޗެނަލް ނަން “ދަ ލައިފް އޮފް އަ ފިޝަރމޭން” ފަރެސް މާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް ހިއްސާކުރާނެއެވެ. 20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، އަޅުގަނޑުމެންގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް މިދަނީ ރާއްޖެ ގެނައުމުންނެވެ.