English Edition
Dhivehi Edition
ތައިލޭންޑްގެ މައި އެއާޕޯޓް - ފޮޓޯ: ތައި ވިސާ އެކްސްޕްރެސް

ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި އޮންލައިންކޮށް ފޯމު ފުރަންޖެހޭއިރު މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ “އެންޓްރީ ވިސާ” ގައި ތައިލެންޑަށް ދަތުރު ކުރެވޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށްވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިފުރުޞަތުގައި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވަނީ އެދިފައެވެ.