English Edition
Dhivehi Edition

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީމި މައުރަޒުގައި ބައިވެރިވުމަށް އީފާސް އިން ލޮގިންވުމަށްފަހު ވަންގަވްގައި މިކަމަށް ހާއްސަކުރެވިފައިވާ ފޯމް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބީސީސީން ބުނީ މި މުއްދަތު އިތުރު ކުރުމަށް ނިންމާފައިވަނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި، އީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކުގައި ވަރަށް ގިނަ ބަޔަކު އާއިލީ ޗުއްޓީގެ ގޮތުގައި އެ ދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މައުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީ ކުރުމަށް ބާރު އަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މައުރަޒެކެވެ.