English Edition
Dhivehi Edition
ފޮޓޯ: ހެލްތް މިނިސްޓްރީ

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ހެލްތު މިނިސްޓްރީން ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެެވެ.

މިނިސްޓަރު އިއްޔެ ވަނީ، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި މިނިސްޓަރ އޮފް ހެލްތުން ބައްދަލު ކުރައްވާފައެވެ.

ޖެނެރޭ ޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި ވަނީ ލަފާ ދެއްވާފައެވެ.