English Edition
Dhivehi Edition

އިދިކޮޅު އެމްޑީޕީން އާދަޔާ ޚިލާފު ކޮންގްރެސް ބައްދަލުވުމެއް ބާއްވަން، އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ..

އެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި ވާ ގޮތުން އާދަޔާ ހިލާފު ކޮންގްރެސްއެއް ވީ އެންމެ އަވަހަކަށް ބާއްވަން ނިންމައި، ތާރީޚެއް ކަނޑައެޅުން ވަނީ ހިމަނައިފަ އެވެ. އަދި އެކަމާ ގުޅިގެން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަމަށް ކޮމިޓީއެއް ނެގުމަށް ވެސް ވަނީ ހިމަނައިފަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސުން ނުވަތަ ނައިބު ރައީސުންނާއި، ދާއިރާ ރައީސުން ނުވަތަ ނައިބު ރައީސުންނާއި، އެ ޕާޓީއަށް ނިސްބަވްތާ އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ކޮންގްރެސް ބާއްވަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. ނަމަވެސް، އެ މުއްދަތުގައި އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮވެއެވެ.

އެމްޑީޕީގް ކޮންގްރެސް ބޭއްވުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ހުށަހެޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތާއީދު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ އޮގަސްޓު، 2022 ގަ އެވެ. ގައުމީ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއި ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން ހިމެނޭހެން އެ އަހަރުގެ ކޮންގްރެސްގައި 1،400 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފަ އެވެ

ޓެގު