މޯލްޑިވްސް އިމިގްރޭޝަނުން މާލޭގެ ކެފޭއެއްގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށްގެންގޮސް 11 ބިދޭސީން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއެްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ ވަނީ މާލޭގައި ހުންނަ ކެފޭއެއް ބަލައިފާސްކޮށްފައި ކަމަށެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ މި ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ބިދޭސީންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކަކާއި، ކެފޭއަކާއި، ހުޅުމާލޭ ފިހާރަތަކާއި ކެފޭތައް ދަނީ ބަލައިފާސްކުރަމުންނެވެ.
ބައެއް އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތްތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުގައި ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ މީހުންނާއި ސައްޚަ ވިސާ ނެތި މަސައްކަތް ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގެންފައެވެ.
އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ގައުމަށް އަނބުރާ ފޮނުވާލާފައެވެ.