English Edition
Dhivehi Edition

ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އެ މީހާ ހައްޔަރުކުރީ ހުއްދަ ނެތި ގެދޮރަށް ވަނުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ބްލެކްމެއިލް ކުރުން އަދި ބިރުދެއްކި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލާގައި އެ މީހާގެ ބަންދަށް މިއަދު 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ ކުށްތައް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެގައި ހާދިސާގެ ރިޕޯޓާއި، އަނިޔާ ލިބުނު މީހާގެ ބަޔާނުގެ އިތުރުން، އިތުރު ހެކިތައްވެސް ހިމެނޭ ކަމަށް އަމުރުގައި ވެއެވެ.