English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑިއުޓީ ފްރީ ސިނގިރޭޓްތަކެއް އެތެރެކުރަން އުޅުނެކޮށް ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މ. ސިލްވާ ނެސްޓް، އަހްމަދު އަފްސަލް އާއު އުމުރުން 38 އަހަރުގެ ދަފްތަރު ނަންބަރު އާރްއެސް 14358، ޔޫސުފް ނަޒީރެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 6:20 ހާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓްތަކެއް ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ރޭ ކޯޓު އަމުރެއްގެ ދަށުން އަހްމަދު އަފްސަލް އަދި ޔޫސުފް ނަޒީރު ހައްޔަރުކޮށްފައިވާއިރު، މިއަދު އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި ދެމީހުން ދޫކޮށްލާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.