އުރީދޫ ކަރާފެޅުން މީމް ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް މެލޭޝިއާ ދެކޮޅު ޓިކެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
ރަމަޟާން މަހު އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި ކަރާ ފެޅުން ގޭމާއި ގުޅިގެން ކަސްޓަމަރުންގެ އުފެއްދުންތެރި އަދި މަޖާ މީމްތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު އުރީދޫން ވަނީ ކަރާ ފެޅުން މީމް ޗެލެންޖް އިއުލާން ކޮށްފައެވެ.
އުރީދޫއިން ބުނީ ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް މެލޭޝިއާ ދެ ޓިކެޓް( ދެކޮޅު) ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ޗެލްންޖުގައި ބައިވެރިވުމަށް އުރީދޫ ކަރާ ފެޅުން ގޭމާއި ގުޅޭ ހެއްވާ މަޖާ ވީޑިއޯ، މީމް ނުވަތަ ރީލް ތައްޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އަދި މި ޗެލްންޖުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ލިބިގެން ދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ޗެލެންޖުގައި ބައިވެރިވުމަށް:
– އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން
– ހޭޝްޓެގް #OoredooKaraaFelhun ބޭނުންކޮށްލާ އަދި
– ޓެގް @ooredoomaldives އަދި @conciergegroupmaldives.mv
31 މާޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:59 އަކާއި ހަމަށް މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސް އިން ވަނީ އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި ޗެލެންޖަށް ހުށައަޅާފައިވާ އިނާމާއެކު މި ޗެލެންޖު އިތުރަށް ފުރިހަމަވެގެން ދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ޗެލެންޖެ މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.