English Edition
Dhivehi Edition

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް، ރިޓަޔަރޑް އަޙްމަދު ފަޞީޙް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމަށް ފަސީހު އައްޔަންކުރައްވައިފައިވާ ކަމަށެވެ.

އިމިގްރޭޝަން ކޮނޓްރޯލަރގެ މަޤާމަށް ފަޞީޙް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު ވަކިކުރެއްވުމަށްފަހުއެވެ. އޭނާ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ

ފަސީހު ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއާއެކު މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕޮލިސް ބޯޑުގެ މެންބަރުކަމަށް ވެސް ޑިސެމްބަރު 12، 2022ގައި އައްޔަންކޮށްފައިވެއެވެ.

ޝަމްޢާން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކަަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.