އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ވިހިވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ސޮސެޖް ކޮރެއަން ސްޕައިސީ ޕޮޓޭޓޯ ނޫޑުލްސް”ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި؛
2 އަލުވި (ފެނުކައްކާފައި)
2 ޖޯޑު ކޯން ސްޓާޗް ނޫނީ އާދައިގެ ފުށް
1/2 ޖޯޑު ފެން (ރޫމް ޓެމްޕަރޭޗަރ)
ޗިލީ އޮއިލް ސޯސް އަށް:
3 ލޮނުމެދު
ގްރީން އޮނިއަން ކޮޅެއް ކޮށާފައި
1 މޭޒުމަތީ ސަމުސާ ކޮރެއަން ވިލީ ޕައުޑަރ
2 މޭޒުމަތީ ސަމުސާ މުގުރި ހިކިމިރުސް
1/2 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ލައިޓް ސޯޔާސޯސް
1/4 ޖޯޑު ވެޖެޓަބްލް އޮއިލް
ކުޑަ ވިނެގަރ ފޮދެއް
1 ސައިސަމުސާ ސެސަމީ ސީޑް
ތައްޔާރުކުރާނެގޮތް:
މެލުވާފައި ހުރި އަލުވި ރަނގަޅަށް މޭޝް ކޮށްލާށެވެ. ދެން މީގެ ތެރެއަށް ފުށާއި ފެން އަޅާފައި ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ. ދެން މި ފުށްގަނޑުން ބޭނުން ޝޭޕަކަށް ނޫޑުލް ތައްޔާރުކޮށްލާށެވެ. ފެންހޫނުކޮށްފައި ނޫޑުލްސްތައް ރޯފިލަންދެން (5މިނެޓް) ވަންދެން ކައްކާފައި ފެނުން ނަގާފައި ތަށްޓަކަށް އަޅާލާށެވެ.
ޗިލީ އޮއިލް ތައްޔާރު ކުރުމަށް ތެޔޮފިޔަވާ ހުރިހާތަކެތި އެއްކުރުމަށްފަހު މީގެ މައްޗަށް ތެޔޮފޮދު ހޫނުކޮށްފައި އަޅާލާށެވެ. ދެން ތައްޔާރު ކުރި ޗިލީ އޮއިލް ނޫޑުލްސް އަށް އަޅާފައި އެކޮށްލުމަށްފަހު މައްޗަށް ސެސަމީސީޑް އަޅާފައި ގާނިޝް ކޮށްލުމަށްފަހު ސާރވް ކުރާށެވެ.