އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ސޯޅަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “އޯޓްމީލް ޕްރޮޓީން ކުކީސް”ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި؛
2 ޖޯޑު ރޯލްޑް އޯޓްސް
1 ސައިސަމުސާ ގްރައުންޑް ސިނަމަން
1 ސައިސަމުސާ ވެނީލާ އެސެންސް
1/4 ޖޯޑު މޭޕްލް ސިރަޕް
2 މޭޒުމަތީސަމުސާ ފްލެކްސް ސީޑްސް
1 މޭޒުމަތީސަމިސާ ޗިއާސީޑްސް
1/2 ޖޯޑު މެޝްޑް ބަނާނާ
1/2 ޖޯޑު ޕީނަޓްބަޓަރ
ތައްޔާރުކުރާނެގޮތް:
އަވަން ޕްރިހީޓް ކުރަން 170 ޑިގްރީ އަށް ޖައްސާލާށެވެ.
އޯޓްސް،ސިނަމަން،ފްލެކްސް ސީޑް،ޗިއާސާޑް ތައްޓަކަށް އަޅާފައި އެއް ކުރުމަށްފަހު ބާކީ ހުރި ހުރިހާ ބާވަތެއް އެޅުމަށް ފަހު ފުށްގަނޑެއްހެން ގުޅަކެނޑޭ ވަރަށް އެއްކުރާށެވެ. ޓްރޭ އެއްގައި ބޭކިންގ ޕޭޕަރ އެޅުމަށް ފަހު ކުކީސް ހެދޭވަރަށް ގުޅަ ކަނޑާފައި ޓްރޭގަ ބޭއްވުމަށް ފަހު ފިއްތާލާފައި ކުކީގެ ޝޭޕަށް ހަދާލާށެވެ. ކުކީސް އަށް ގޯލްޑެން ބްރައުން ކުލައަރަންދެން ފިހެލާށެވެ.