English Edition
Dhivehi Edition

ގުދުރަތީ ކާރިސަ ތަކަކީ އިންސާނުންނަށް ކޮންމެ ފަހަރަކުވެސް ކަންތައްތަކެއް ދަސްކުރަން ލިބޭ ފުރުސަތެކެވެ. ދުނިޔޭގެ މޫސުން ދިރާސާކުރާ ފަރާތްތަކުން ބުނާއެއްޗެއް ދިމާ ނުވެއޭ ވަރަށްގިނަ ފަހަރު އަހަރުމެން ދިވެހިންވެސް ބުނަމެވެ. ނަމަވެސް މި ފަހަކަށް އައިސް ވަރަށް މަދުންނޫނީ ބުނާގޮތައް ދިމާނުވެ ނުދެއެވެ. މިހާރު ޒަމާނީ ވަސީލަތްތައް ގިނަވެ މިފަދަ ކަންކަން ކުރިޔާލައި ދެނެގަތުމުގެ ގާބިލް ކަން އެބަހުއްޓެވެ. ގެލްވެސްޓަން އަކީ 19 ވަނަ ގަރުނުގައި އެމެރިކާގެ ޓެކްސަސްގައި އޮތް އެންމެ ބޮޑު އެއްސިޓީއެވެ. އެރަށް އުފައްދާފައި ވަނީ 1816 ވަނަ އަހަރު ފްރާންސްގެ ކަނޑުފޭރޭ މީހެއް ކަމަށްވާ ލުއީ-މިކެލް އައުރީ ކިޔާ މީހެކެވެ. އޭނާގެ ހަގީގީ މަގްސަދަކަށްވީ އެތާންގައި އަސްކަރީ އަދި ވިޔަފާރި ބަނދަރެއް ގާއިމްކޮށް މެކްސިކޯއިން ސްޕެއިންއާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގައި އެހީ ވުމަށެވެ. އުތުރި އަރަމުންދިޔަ ގެލްވަސްޓަން އަށް ކުރިމަތިވީ ހިތި ނިމުމެކެވެ. 1900 ވަނަ އަހަރު އެމެރިކާއަށް އެރި އެންމެ ގެއްލުން ބޮޑު އެއް ނަގޫރޯޅި ގެލްވަސްޓަން އަށް އެރިއެވެ. މުޅިއަކު 3600 އިމާރާތް ހަލާކުވެ، 6000 އާއި 12000 ދެމެދުގެ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މިވަރު ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔައިރު ގެލްވަސްޓަންގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ އަސާކް ކްލައިން މިކަމުގެ ކޮންމެސް ވަރެއްގެ ޒިންމާތަކެއް ނަގަން ޖެހެއެވެ. 20 ވަނަ ގަރުނު ފެށުނުއިރު މޫސުން ދިރާސާކުރާ މީހުން ތިބެއެވެ. ނަމަވެސް އެމީހުން އަތުގައި ޒަމާނީ ވަސީލަތްތަކެއް ނުހުރެއެވެ. އޭރު އެމީހުން ދިރާސާ ކުރާ ފަރާތްތަކުން ފެންނަން ހުންނަކަންތަކަށް ރިއާޔަތްކޮށް އަދި ލިބެން ހުރި އެއްޗެއް ބޭނުން ކޮށްގެންނެވެ. ގެލްވަސްޓަން ކައިރީގައި އޮންނަ އިންޑިއަނޯލާ އަދި މަޓަގޯޑާބޭ ވަނީ 19 ވަނަ ގަރުނުގެ ހިސާބެއްގައިއެރި ތޫފާނެއްގައި މުޅިން ހަލާކުވެފައެވެ. ގެލްވަސްޓަން އަށްވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމުގެބިރުއޮތީ ރައްޔިތުންގެ މެދުގައި އުފެދިފައެވެ. ގެލްވަސްޓަންއަކީ ކަނޑަށްވުރެ އެންމެ 8 ފޫޓު އުހުގައި އޮންނަ ރަށެވެ. އަދި އެ ރަށަކީ ފަރުބަދަފަދަ އުސް ތަންތަންވެސް ހުންނަ ރަށެއްނުމެ ނޫނެވެ. މީގެ ކުރިންވެސް ގެލްވަސްޓަންއަށް ވަނީ ކުދިކުދި ތުފާންތައް އަރައިފައެވެ. ނަމަވެސް އެހާ ބޮޑެތި ގެއްލުންތަކެއްނުވެ ސަލާމަތްވެއެވެ. ނަމަވެސް މިފަދަ ކަންތައްތައް ކުރިމަތި ވުމުން އެރަށުގެ ދިރިއުޅެމުންދާ މީހުންވަނީ ރަށް ވަށައި ބޮޑުފާރެއް ރާނައިދޭން އެދިފައެވެ. އޭރުން ބޮޑު ތޫފާނެއް އަޔަސް ލިބޭ ގެއްލުން ކުޑަކުރެވި މީހުން ސަލާމަތްވުގެ ފުރުސަތު ލިބުމަކީ އަކަށީގެންވާ ކަމެކެވެ. އެކަމަކުވެސް މޫދުގައިރާނަން ބޭނުންވި ފާރު ރޭނޭގޮތެއް ނުވިއެވެ. ސަބަބަކަށްވީ 1891 އަހަރު އެރަށުގެ މޫސުމާބެހޭ އިދާރާގެ ވެރިޔާ އައިސެކް ކްލައިން އެރަށުގެ އެތެރޭގައި އޮންނަ ނޫހަށް ލިޔުނު ރިޕޯޓެވެ. އެރިޕޯޓުގައި އޭނާ ބުނެފައި ވަނީ ގެލްވަސްޓަން އަށް ބޮޑު ތޫފާނެއް އައުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށެވެ. އެހެންކަމުން ބޮޑު ޚަރަދު ކޮށްފައި ވަށައި ފާރެއް ރޭނުމަކީ ބޭކާރު ކަމެއް ކަމަށެވެ. ނަމަވެސް އައިސަކްގެ ގެ ނިންމުން ގޯސްކަން އެނގުނު އިރު މާ ލަސްވެއްޖެވެ. 1900 ވަނަ އަހަރު ސެޕްޓެމްބަރ 8 ގައި އައިސެކް އާއީ އެނާގެ ޓީމަށް ބޮޑު ތޫފާނެއް ގެލްވަސްޓަން އާއި ދިމާއަށް މިސްރާބު ޖަހާފައި ހުއްޓައި ފެނުނެވެ. އޭރުގެ މޫސުމާ ބެހޭ އިދާރާއިން ދެން ނިންމީ އެކަން ނޭންގުމަށެވެ. ނަމަވެސް ކްލައިން ގަވާއިދާ ޚިލާފްވެ ރައްޔިތުންނަށް މިކަން އެންގިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެދުވަހު މޫސުން ރަނގަޅަށް ފެންނަން އޮތުމާއެކު ގިނަމީހުން އެއަކަށް އިޖާބަ ނުދިނެވެ. ސެޕްޓެމްބަރ 9 ވަނަ ދުވަހު 145 މޭލު ބާރުމިނުގައި ވައިޖެހި އެރަށަށް ނަގޫރޯޅިއެއް އަރައި މުޅިރަށް ސުންނާފަތި ކޮށްލިއެވެ. އަދި 12 ގަޑި އިރު ވަންދެން ތޫފާން ދެމިގެން ދިޔައެވެ. ލިބު ގެއްލުންތަކަށް އަސެކް ޒިންމާވާންޖެހޭ ކަމަށް ގިނަ މީހުން ބުންޏެވެ. އެއަށްފަހު ގެލްވަސްޓަން މިހާރު ވަނީ އާރާސްތު ކުރެވިފެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ގިނަ އިންވެސްޓަރުން ރަށް ދޫކޮށް ހިއުސްޓަގައި އިންވެސްޓް ކުރިއެވެ. އެކަމުގެ ސަބަބުން ރަށަށް ކުރިއާ ބަލާ މާ ބޮޑެތި ކުރިއެރުން ތަކެއް ނުލިބެއެވެ. ނަމަވެސް މޫސުންބަލާ އެންމެ ޒަމާނީ ފެންވަރުގެ ނިޒާމްތައް އެރށުގައި މިހާރުވަނީ ބަހައްޓައިފައެވެ. މިފަދަ ކަންކަމުންވެސް އެނގެނީ އިންސާނާގެ ނުކުޅެދުންތެރިކަމެވެ. ކިތަންމެ މޮޅަސް ގުދުރަތީ ގޮތުން ވާކަމެއް ނުހުއްޓުވޭނެއެވެ. އެކަމެއްވާނެއެވެ.