English Edition
Dhivehi Edition
ސްޕްރީމް ކޯޓ: މިހާރު ފޮޓޯ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގެ ބަހުސްކުރުމަށް ފަހު މަޖިލީހުން ބަލައިގަތީ ރިޔާސަތުން އެކަމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ. އިސްލާހު ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދިން އިރު މި އިސްލާހުން މަޖިލީހުން ބަލައިގަތުމުން ރިޔާސަތުން ވަނީ އިސްލާހު އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފައެވެ.

އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ބަދަލު ގެނެސްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު ހަތަކުން ފަހަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ އަދަދު ވަނީ އަލުން 7 އަކަށް ބަދަލުކޮށްފައެވެ.