English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ދިހަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ގުއާވާ ލެމަނޭޑް”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

2 ޖޯޑުފެން

7-8 ފޭރު ކޮށާފައި

1/2 ޖޯޑު ހަކުރު

3-4 ލުނބޯ

އައިސްކިއުބްސް

1/2 ޖޯޑު ސޮޑާ ވޯޓރ

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް ފޭރާއި ފެން އަޅާފައި ބްލެންޑް ކުރުމަށްފަހު ފުރޭނަޏަކުން ފުރާނާލާފައި ވަކިން ބަހައްޓާށެވެ. ދެން އަނެއްކާ ބްލެންޑަރަށް ހަކުރު،ފެން،ލުނބޯ ޖޫސް އެޅުމަށްފަހު ތައްޔާރު ކޮށްފައި ހުރި ފޭރު ޕިއުރީ އަޅާފައި ބްލެންޑް ކޮށްލާށެވެ.

ބިއްލޫރި ތަށްޓެއް ނަގާފައި އެއަށް ސޮޑާ ވޯޓަރ،އައިސްކިއުބް، ލުންބޯހުތް،ލުނބޯފޮތި އަދި ތައްޔާރު ކުރި ފޭރު ލެމަނޭޑް އަޅާފައި ސާރވް ކުރާށެވެ.