ބޭނުންވާ ތަކެތި
1 ޖޯޑު ބައި ފުށް
4/1 ސައި ސަމުސާ ލޮނު
ފެން ފޮދެއް
1 ޖޯޑު ބައި ފެނުކައްކާ މޮޑެފައި ހުރި އަލުވި
4 /1 ސައި ސަމުސާލޮނު
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1 ސައި ސަމުސާ ހިމުން ކޮށް ކޮށާފައި ހުރި ގްރީން ޗިލީ ނުވަތަ ގިތެޔޮމިރުސް
1 ސައި ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް
3 މޭޒުމަތީ ސަމުސާ ސްޕްރިންގ އަނިއަން ތުނިކޮ ކޮށާފައި ހުރި
2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
2 މޭޒުމަތީ މަތި ސަމުސާ ހޫނުތެޔޮ ( ކެކި ކެކި ހުރި )
ތައްޔާރު ކުރާނެ ގޮތް
ފުށާއި ލޮނުކޮޅު އެއްކޮށްފައި ފެންފޮދެއް އެއްކޮށްގެން ރޮށި ފިހެން ފުށްގަނޑު މޮޑޭ ގޮތަށް މޮޑެފައި މަތި ބަންދުކޮށްފައި 1 ގަޑިރު ވަންދެން ބާއްވާށެވެ.
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ފިޔާ، ލޮނު ،މިރުސް ،އަސޭ މިރުސް ،ތެޔޮ ،ލޮނުމެދު، އިނގުރު ،ސޯޔާސޯސް އަލުވި ކޮޅާއި ރަނގަޅަށް އެއްކޮށްލާށެވެ .
ހުރިހާ ބާވަތްތައް ރަނގަޅަށް އެއްވެލާ ވަރަށް އެއްކޮށްލާށެވެ.
ފުށްގަނޑު 1 ގަޑި އިރު ވުމުން ނަގާފައި ދިގުކޮށް އިންޗިއެއްހުންނަ ވަރަށް ދިގު ފޯލި ވަށާލާށެވެ .
ފޯލި ތަކުން ތުނިކޮށް ފުށް ކޮޅުތައް ކަފާލާށެވެ.
ހިކި ފުށްކޮޅެއް ބުރުވާލާފައި ކުދި ރޮށި ނުވަތަކުދި މަސް ރޮށި ސައިޒަށް ދަމާލާފައި ތައްޔާކުރި ބައިން އެތިކޮޅެއް މެދަށް އަޅާލާފައި އަތުން ރޫޖައްސަމުން ބައްދާލާށެވެ .
ނުވަތަޕެޓީސް ތަތްގަނޑު ނުވާތަ މޯމޯސް ތަތްގަނޑުން ވެސް ތައްޔާރު ކޮށްލާށެވެ.
ސްޓީމަރ ގެ ޓްރޭގައި ( ލޯވަޅު އެޅި ) ފިއްސަކުން ތެޔޮފޮދެއް ހާކާފައި މޯމޯސް ތައް އަތުރާލާފައި އާވިން ކައްކާށެވެ.
ޓޮމާޓޯ ޗަޓްނީ ،މުގުޗަޓްނީ ، ކޮކޮނަޓް ޗަޓްނީ ފަދަބާވަތް ތަކާއި އެކު ސާރވްކުރާށެވެ.
މޯމޯސް ވެސް ވަރަށްގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.