English Edition
Dhivehi Edition

ގދ. ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

ގައްދޫ ކައުންސިލުން މިމަހުގެ 7 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގައްދޫގެ ބިނާވެށި ޕްލޭންގައި، ގައްދޫގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނިފައިވާ އެރަށުގައި ވަކި ދާއިރާތަކުން މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން އިންވެސްޓްމަންޓް ތަރައްޤީކުރުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަމާއި ދަނޑުވެރިކަމާއި، މަސްވެރިކަމާއި ގުޅުން ހުރި ކަންކަން ހިމެނެއެވެ. މީގެ އިތުރުން ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަމާއި ރިސާޗިންގް އާއި ގުޅުންހުރި ކަންކަމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކައުންސިލުގެ އިއުލާނުގައި ބުނެފައިވަނީ ނެޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓާސްއަށް އެލްއޯއީ ހުށަހެޅުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝޯޓްލިސްޓްކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކޮމްޕެޓިޓާސްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުޞަތު ދެވިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްރީލް 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެލްއޯއީ އަދި ގުޅުންހުރި ޑޮކިއުމަންޓްތައް ހުށަހަޅާނީ [email protected] މެއިލް އަށެވެ.

 

ޓެގު