ބޭނުންވާތަކެތި
1 ޖޯޑު ސްވީޓް ކޯން
1 ފިޔާ (ހިމުންކޮށް ކޮށާފައި)
8 ބިސް (ގިރާފައި)
2 ލޮނުމެދު ހިމުން ކޮށް ގާނާފައި
1 ޓޮމާޓޯ ހިމުން ކޮށް ކޮށާފައި ހުރި
1 އަލުވި ފެނުކައްކާ މޮޑެފައި
2/1 ޖޯޑު ޓޫނާ ( ދަޅު ޓޫނާ)
2 ސައި ސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
2 މޭޒުމަތީ ސަމުސާ ހިކަނދިފަތް ހިމުންކޮށް ކޮށާފައި ހުރި
3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ޗިކަން ކިއުބް
1 ފަޅި ލުނބޯ
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.ތެޔޮފޮދެއް އަޅާފައި ހޫނުވުމުން ފިޔާ ހިކަނދިފަތް ލޮނުމެދު މިރުސް ޓޮމާޓޯ އެއްކޮށް ލާށެވެ .
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
އެބައި ހަނާވުމުން މަސް އަސޭމިރުހާއި ކިއުބް ލޮނު އެއްކޮށްފައި ރަހަ ހެޔޮވަރު ކޮށްފައި އުނދުން މަތިން ބާލާށެވެ.
ބިސް، ގިރާފައި ހުތާއި އަލުވި އަދި ސްވީޓް ކޯން ކޮޅު ވެސް އެއް ކޮށްފައި މޮޑެލާށެވެ .
އެތެރެފުން ތަވާ އެއް އުނދުން މައްޗަށް އުދާލާށެވެ.
ހޫނުވީމާ ކުޑަ ތެޔޮފޮދެއް އަޅާލުމަށްފަހު މޮޑެފައި ހުރި ބައި އަޅާލާފައި ފިހެލާށެވެ.
އެއްފުށް ފިހެވުމުން އަނެއްފުށް ވެސް ފިހެލާށެވެ.