English Edition
Dhivehi Edition

ބޭނުންވާ ތަކެތި

150 ގ. ކެޑްބަރީ ޗޮކޮލެޓް
3. ބިހުގެ ގޮބޮޅި
250 އެމް .އެލް ދިޔާ މިލްކް
100 ގ. ހަކުރު
20 ގ. ޖެލެޓިން
250 ގ. ވިޕިިން ކްރީމް
12 ފޮތި ޗޮކޮލެޓް ޕާން ކާރިނަގާ ހިމުންކޮށް ފުނޑުވާފައި
ކެޑްބަރީޗޮކޮލެޓް ސޯސް މައްޗަށް އަޅަން

ތައްޔާރު ކުރާނެ ގޮތް

ކިރާއި ހަކުރު ތެއްޔަކަށް އަޅާފައި ހޫނުވެލީމާ ޖެލެޓިން ކޮޅު އަޅާފައި ވިރުވާލާށެވެ.
ޗޮކޮލެޓް ކޮޅު ވަކިން ދިޔާކޮށްފައި އެއްކޮށްލާށެވެ.

ބިހުގެ ގޮބޮޅި ވަކިން ގިރާފައި އެބައި ވެސް އެއްކޮށްލާށެވެ.

ރަނގަޅަށް މިކްސް ވީމާ އުނދުން މަތިން ބާލާށެވެ.

ހިހޫވީމާ ކްރީމް ވިޕްކޮށްފައި އެއްކޮށް ލާށެވެ.

ޓްތޭއަށް ނުވަތަ ތަށްޓަށް ޕާންކޮޅު އަޅާފައި މައްޗަށް ތައްޔާރު ކުރި ބައި އަޅާލާށެވެ.

ސެޓް ކުރަން 2 ގަޑިއިރު ވަންދެން ފްރިޖް ގެ ގަނޑު ކުރާ ބައިގައި ބަހައްޓާށެވެ.

ސާރވް ކުރަންވީމާ ޗޮކޮލެޓް ސޯސް މައްޗަށް އަޅާފައި ކުޑަކޮށް ހަރުކޮށްލަން ފްރިޖް ގައި ބަހައްޓާށެވެ.