English Edition
Dhivehi Edition
ހަމްދީ އަގީލް

ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓަމުންދާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުން ހަމްދީ އަގީލް ވަކިކޮށްފިއެވެ.

ޕީސީބީގެ ރައީސް ކަމަށް އޭނާ އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އޭނާ މަގާމުން ވަކި ކުރީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ހަމްދީއަކީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.