English Edition
Dhivehi Edition

ޑީސީ ޕީއެސް4 ޗެލެންޖްގެ ކުއާޓާ ފައިނަލުގެ ޖާގައެއް މުޝްލިޙް،އަބާން،ވިޝާން އަދި އަފްސަޙް ހޯދައިފިއެވެ މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާންމް ކޮށްގެން މި ރޯދަ މަހު ކުރިއަށްގެންދާ “ޑީސީ ސްޕޯޓްސް ޕީއެސް4 ފީފާ ޗެލެންޖް”ގެ އިއްޔެ ކުޅުނު ދެވަނަ ބުރުގެ ފަހު މެޗުތައް ކާމިޔާބުކޮށް ހުސައިން މުސްލިޙް،އަލީ އަބާން(ކުމާއު)،ވިޝާން ހަބީބު(މާނިޔާ) އަދި ހުސައިން އަފްސަޙް ސަފީއު(އަފްސަހާ)ކުއާޓާފައިނަލުން ޖާގައެއް ހޯދައިފިއެވެ. އިއްޔެ ހަވީރު ޑީސީ ސްޕޯޓްސް އެރީނާގައި ކުޅެވުނު ގަދަ 16ގެ ފަހުމެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ހުސެއިން މުސްލިޙް އާއި ޒާޔާ ޒަރީރު ބައްދަލު ކުރި މެޗު 5-3 ލަނޑުން މުސްލިހު ވަނީ މެޗު ކާމިޔާބުކޮށް މުބާރާތުގައި ވާދަ ކުރި ހަމައެކަނި އަންހެން ބައިވެރިޔާ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ޒައިދާން މުހައްމަދު އާއި އަލީ އަބާން(ކުމާއު) ބައްދަލު ކުރި މެޗު 3-3 ލަނޑުން އެއްވަރު ވުމުން ޕެނަލްޓީގައި 3-2 ޒައިދާން ބަލިކޮށް މެޗު ކާމިޔާބު ކޮށްފައިވަނީ އަބާނެވެ. ތިންވަނަ މެޗުގައި މުރުތާލް ސައީދު(ޝެގީ) އާއި ވިޝާން ހަބީބު(މާނިޔާ) ބައްދަލު ކުރި މެޗު ވިޝާން ވަނީ މުރުތާލްގެ 3-0ލަނޑުން ފަސޭހަ ކަމާއި އެކު ބަލިކޮށްފައެވެ.އަދި ހަތަރު ވަނަ މެޗުގައި މުއިޒް މުޙައްމަދު(ޓިއްޓިޓީ) އާއި އަފްސަޙް ސަފީއު ބައްދަލު ކުރި މެޗު އަފްސަހް ވަނީ 2-0 ލަނޑުން މުއިޒްގެ މައްޗަށް ކުރިހޯދާފައެވެ. އިއްޔެގެ ހަވީރު ކުޅުނު އެންމެ ފަހު މެޗަށް ފަހު ވަނީ ކުއާޓާ ފައިނަލްއަށް ދިޔަ ބައިވެރިންގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.ކުއާޓާފައިނަލް މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ހަސަން ޝާވިން އާއި އަފްސަޙް ސަފީއުއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ އަލީ އަބާން އާއި ވިޝާން ހަބީބުއެވެ. ތިން ވަނަ މެޗުގައި ހުސައިން އުސައިދު އާއި ހަސަން މުސްލިޙް ބައްދަލު ކުރާއިރު ހަތަރުވަނަ މެޗުގައި ބައްދަލު ކުރާނީ ހަސަން މުފީދު އާއި މުހައްމަދު ސާޖިދެއެވެ. ޑީސީ ޕީއެސް4 ޗެލެންޖްގެ ކުއާޓާ ފައިނަލްގައި ހަތަރު މެޗު ކުޅުމައް ހަމަޖެހިފައިވާ އިރު ކޮންމެ ދުވަހަކު ވެސް ކުޅުމައް ހަމަޖެހި ފައިވަނީ ކުއާޓާގެ ދެ މެޗުއެވެ. ޑީސީ ސްޕޯޓް ޕީއެސް4 ޗެލެންޖްގެ 2017 ގެ މެއިން ސްޕޮންސްރަކީ އައިޓީ ކެއާއެވެ.އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.