English Edition
Dhivehi Edition
ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ހައިރައިޒް

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ ފުޑް އެންޑް ބެވްރޭޖް ޝޯ (އެފްއެންޑްބީޝޯ)ގެ އަށްވަނަ އެޑިޝަން ހުޅުމާލޭ ސެންޓްރަލްޕާކުގައި އިއްޔެ ފަށައިފިއެވެ.

މި ޝޯ ރަސްމީކޮށް އިފުތިތާހު ދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

މި އަހަރުގެ އެފްއެންޑްބީ ޝޯގައި 40 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެފްއެންބީ ކުންފުނިތަކާއި ރެސްޓޯރަންޓުތަކާއި ކުދިވިޔަފާރިތަކުގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އަދި ތައިލެންޑުގެ ވިޔަފާރިތައް ހިމެނެ އެވެ.

ހައިރައިޒްއިން ބުނީ ރޯދަމަހަށް ހާއްސަކޮށް ތައްޔާރުކުރާ ކާބޯތަކެއްޗަށް އަމާޒުކޮށް ކުރިއަށްގެންދާ މި ޝޯގެ މަގުސަދަކީ، ކާބޯތަކެތީގެ މައުލޫމާތު އެއްތަނަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ލިބުން ކަމަށެވެ.

މި ޝޯގައި އެކި ކުންފުނިތަކުން ވިއްކާ ބްރޭންޑުތަކާއި އެކި ވިޔަފާރިތަކުގެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭއިރު އެކި ވިޔަފާރިތަކުގެ އުފެއްދުންތައް ހެޔޮ އަގުގައި ގަންނަން ވެސް ލިބެއެވެ.

މިއީ ހައިރައިޒުން އެފްއެންޑްބީ ޝޯ ކުރިއަށްގެންދާ 8 ވަަނަ އަހަރު ކަަމަށްވާއިރު، މިއީ މި ޝޯ އެންމެ ދިގު މުއްދަތަަކަށް ކުރިއަށްގެންދާ ފަހަރުވެސް މެއެވެ. މި އަހަރުގެ ޝޯ ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.