English Edition
Dhivehi Edition

އައްޑޫ ސިޓީ ޑްރައިވިންގް ސްކޫލުން ރޯދަމަހާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ 22 އިން ފެބްރުވަރީ 28 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ސައިކަލު ދަސްކުރުމުގެ ފީ 1400 ރުފިޔާއަށް ދަށްކޮށް، އަދި ކާރު ދަސްކުރުމުގެ ފީ 2800 ރުފިޔާއަށް ދަށްކޮށްފައިވާކަމަށް އެ ސްކޫލުގެ ވެރިޔާ ޙަސަން ޝިފާޢު މަޢުލޫމާތު ދެއްވިއެވެ.

“މި ޕްރޮމޯޝަންގެ މަޤްޞަދަކީ ރައްޔިތުންނަށް ފަސޭހައިން ޑްރައިވިންގ ދަސްކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ގަވާއިދުތަކަށް ބޯލަނބާ، ކެރިގެން ދުއްވުމުގެ ހުނަރު ދަސްކޮށްދިނުން،” ޙަސަން ޝިފާޢު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ޑްރައިވިންގް ސްކޫލަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލައިޒްޑް ޑްރައިވިންގް ސްކޫލެވެ. މި ސްކޫލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑްރައިވިންގް ދަސްކޮށްދެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑްރައިވިންގް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އައްޑޫ ސިޓީ ޑްރައިވިންގް ސްކޫލްގެ މޯބައިލް ނަންބަރ: 7969404 އަށް ގުޅައިގެން ނުވަތަ ސްކޫލް ވެބްސައިޓް Addu City Driving School އިން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.