English Edition
Dhivehi Edition

ސްޓެލްކޯ ފިޔަވައި އެންމެ ވަރުގަދަ އިންޖީނުގެއަކަށް ވެގެންދާނީ އައްޑޫ ސިޓީގެ އިންޖީނުގެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ

އައްޑޫ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ އައްޑޫ ސިޓީއަށް ބޭނުންވަނީ 6.4 މެގްވޯޓްގެ ޖަނަރޭޓަރު ސެޓެއް ކަމަށެވެ. މިހާރު އިންސްޓޯލް ކޮށްފައިވާ ދެ ޖަނަރޭޓަރާއެކު 9.8 މެގަވޯޓަށް އަރާނެ ކަމަށްވެސް ފެނަކައިންބުނެފައިވެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހުގެތޭރޭގައި ގެންގޮސްފައިވާ ދެ ޖަނަރޭޓަރު ވަނީ އިންސްޓޯލްކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ލިބިފައިނުވެއެވެ. އެކަމާބެހޭ ގޮތުން ފެނަކައިން ބުނެފައިވަނީ ކަރަންޓް ކަނޑަމުންދަނީ، ލޯޑް ބޮޑުވެގެން ނޫން ކަމަށެވެ. ކަރަންޓް ކަނޑަނީ އަލަށް ގެނެސްފައިވާ ދެ ޖަނަރޭޓަރު ޓެސްޓް ކުރަމުންދާތީ ކަމަށްވެސް އެތަނުން ބުނެފައިވެއެވެ.

ފެނަކަ އިން ބުނެފައިވަނީ އަލަށް ބެހެއްޓި ދެ ޖަނަރޭޓަރުގެ ތެރެއިން 2.5 މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ 2 މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ކަމެށެވެ. އަދި މި ހަފުތާ ތެރޭގައި އެ ޖަނެރޭޓަރުތައް ޓެސްޓްކޮށް ނިމޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. އެހިސާބުން ފެށިގެން ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެއެވެ.