މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކި ރަށްރަށަށް ލިބެމުންދާ ގެއްލުން ގާތުން ބަލަމުން ގެންދާ ކަމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ރައީސްގެ އިރުޝާދާއެކު ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ބަލަމުން އަންނަކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ރަށްރަށަސް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު، ރަށްރަށުގެ ފެން ބޮޑުވެ އާންމު ދިރިއުޅުމަށްވެސް ވަނީ ބުރޫއަރާފައެވެ.