English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުގެ ހާލުގައި މިސްކިތެއްގެ ފާހާނަ ތެރޭގައި ވެއްޓިފައި އޮތް މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ މީހެކެވެ. ފާހާނައިގެ އޮޅިގަނޑުގައި އަޅައިގަނެފައި ވެއްޓި ބޯޖެހިގެން ހޭނެތުނީ ކަމަށް ފުލުހުން ސުވާލުކުރުމުން އެމީހާ ވަނީ ބުނެފައެވެ، އަދި ކޯޓުގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވެފައިވާއިރު އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގި ކުރަމުންނެވެ.