English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފި އެވެ

މައުމޫން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭކަމުގެ ރިޕޯޓަކާއި ގުޅިގެން ރެ އިން ފެށިގެން އަލިވާގޭގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ދަނީ އެ ގެކޮޅުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން މީޑިއާ އާއި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އެމްއެންޑީއެފް އާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި މައުމޫނުގެ ގެކޮޅުގެ ސެކިއުރެޓީ އެމްއެންޑީއެފް އިން ބަލަމުން ގެންދަނީ އެގެކޮޅަށް ވަދެ ނިކުމެ އުޅޭ މީހުން ބެލުމަށްކަމަށެވެ