English Edition
Dhivehi Edition

ސީރިއާގެ ހުޅަނގު އުތުރުން އޮންނަ އިޑްލިބްގައި އާދީއްތަދުވަހު ދިން ކާރުބޮމުގެ ހަމަލާއެއްގައި 25 މީހުން މަރުވެއްޖެއެވެ.

ސީރިއާގެ ހާލަތު ބަލަމުންދާ ގުރޫޕަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާގައި 25 މީހަކު މިހާތަނަށް މަރުވެ ސަތޭކައަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ހަމަލާދިން ސަރަހައްދަށް އެންމެ ފުރަތަމަ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ދިޔަ ގުރޫޕް ވައިޓް ހެލްމެޓްސް އިން ބުނެފައިވަނީ މިހަމަލާގައި މަރުވި 25 މީހުންގެ ތެރޭގައި އެގާރަ އަންހެނުންނާއި 4 ކުޑަކުދިން ހިމެނޭ ކަމަށެވެ.

ބޮމުގެ ހަމަލާ އަމާޒު ކުރެވިފައިވަނީ އަޖްނާދު އަލް-ކޯކަޒް ކިޔާ އިދިކޮޅު ހަނގުރާމަވެރި ގުރޫޕެއްގެ އޮފީހަށް ކަމަށް އެކްޓިވިސްޓުން ރިޕޯޓު ކުރެއެވެ.

ސިރިއާގެ އިޑްލިބް އަކީ ގިނަ އަދަދެއްގެ ހަނގުރާމަވެރި ގުރޫޕު ތަކުން ހަރަކާތްތެރިވާ ސަރަހައްދެކެވެ. މީގެ ތެރޭގައި އަލްގައިދާއާ ގުޅުންހުރި ޖަމާއަތްތަށް ވެސް ހިމެނެއެވެ.