English Edition
Dhivehi Edition
ދިވެހި ފުލުހުންގެ ބަޔަކު މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ ތެރެއިން

ހޯރަފުށި ޕޮލިސް ސްޓޭޝަންއަށް ގެންދިޔަ މީހަކަށް ފުލުހުން ޖިސްމާނީ އަދި ނިފްސާނީ ގޮތުން އަނިޔާ ކުރިކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހޯރަފުށި މީހަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން އެމީހާގެ ކަކޫ ކައިރިއަށް އަނިޔާވެފައިވާ މަންޒަރު ފެނެއެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ ބިރު ދައްކާ، ހަޑިހުތުރު ބަހުން މުއާމަލާތް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހު 27 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މީހާ ހޯރަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ނޮވެމްބަރު 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު އޭނާ ދޫކޮށްލާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާއަށް ފުލުހުންގެ ބަންދުގައި ހުރި އިރު އަނިޔާކުރި ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެފަދަ ކަމެއްގެ ޝަކުވާ އޮތްނަމަ އެ އޮންނަ އުސޫލެއްގެ ތެރެއިން ހުށަހަޅައިގެން ބެލުމަށް ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ. އަދި އެފަދަ ތަހުގީގުގުތަކަށް އެ ހިދުމަތުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފައެވެ.